ޕާޓީތަކަށް މީހުން ވެއްދުން ވަގުތީގޮތުން މެދުކަނޑާލައިފި

1483730073

ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުން ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މިގޮތަށް ނިންމާފައިވާކަން ހާމަކޮށްފައިވަނީ އިއްޔެ އެވެ.

އީސީން ބުނެފައިވަނީ މިގޮތަށް ނިންމީ ޕާޓީތަކަށް މެންބަރުން ވެއްދުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ޑިޖިޓަލް ނިޒާމަކަށް ބަދަލުކުރުމަށްޓަކައެވެ. އެގޮތުން މިހާރު ބޭނުންކުރަމުންދާ ’ސިމެދަ ޕޯޓަލް‘ މެދުވެރިކޮށް ޕާޓީތަކަށް މީހުން ވެއްދުމަށް ފޯމު ހުށަހެޅުން މި މަހުގެ 30 ވަނަ ދުވަހު ހުއްޓާލުމަށް ނިންމާފައިވާ ކަމަށާއި އަލުން މިކަން ފަށާނީ ފެބްރުއަރީ 15 ވަނަ ދުވަހުގައި ކަމަށެވެ.

އެހެންނަމަވެސް މި މުއްދަތުގައިވެސް އީސީގެ ’މައި ޕޯޓަލް‘ މެދުވެރިކޮށް ޕާޓީއިން ވަކިވުމުގެ ޚިދުމަތަށް އެދެވޭނެ ކަމަށް ބުނެފައިވެ އެވެ. އަދި މި ވަގުތު ޕާޓީތަކަށް މެންބަރުން ވެއްދުމަށް ހުށަހަޅާ ފޯމުތައް އިތުރަށް ސްކްރީންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

މިފަހުން ޕީއެންސީއަށް މެންބަރުން އިތުރު ކުރުމަށް ހުށަހެޅި ފޯމުތަކެއްގައި ވަގު ފޯމުތަކެއް ހުށަހަޅާފައިވާ މައްސަލަ ފެންމަތިވެ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަދި ޕީއެންސީއަށް ވަނީ އަމާޒުވެފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *