އެމްޕީއެލް އެމްޑީ ވަޖީހު ވަކިކޮށްފި

Screenshot

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ވަޖީހު އިބްރާހީމް މަގާމުން ވަކިކޮށްފި އެވެ.

ޕީސީބީއިން އިއްޔެ ބުނެފައިވަނީ، އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަޤާމުންނާއި ބޯޑު ޑިރެކްޓަރު ކަމުގެ މަޤާމުން މުހައްމަދު ވަޖީހު އިބްރާހީމް ވަކިކޮށްފައިވާ ކަމަށެވެ.

ވަޖީހު މަގާމުން ވަކި ކުރި ސަބަބެއް ޕީސީބީން އަދި ސަރުކާރުންވެސް ހާމަކޮށްފައިނުވެ އެވެ.

އެމްޕީއެލްގެ އެމްޑީގެ މަގާމަށް ވަޖީހު އައްޔަނު ކޮށްފައިވަނީ 2023 ނޮވެމްބަރު 28 ވަނަ ދުވަހު އެވެ.

ވަޖީހަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ގާތްގުޅުމެއް އޮންނަ ފަރާތެކެވެ. އެގޮތުން ވަޖީހްގެ ދަރިކަލުން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އަހުމަދު ހިޝާމް ވަޖީހު ކައިވެނި ބައްލަވައިގެން އުޅުއްވަނީ އަބްދުއްރަހީމްގެ ދަރިކަނބަލަކާ އެވެ.

Leave a Reply

Your email address will not be published. Required fields are marked *