ފިހާރައަކުން ވިޔަފާރި ކުރުމަށްފަހު ސައްހަ ނޫން ޓްރާންސްފާ ސްލިޕެއް ފޮނުވި މީހަކު ހޯދުމަށް ފުލުހުން އިއުލާނު ކޮށްފި އެވެ.
ފުލުހުން މިއަދު ވީޑިއޯއެއް އާންމު ކުރުމަށްފަހު ބުނެފައިވަނީ، އެ މީހާއަކީ 2024 ޑިސެންބަރު 27 ވަނަ ދުވަހުގެ ވަގުތެއްގައި ވިލިމާލޭގައި ހުންނަ ސިމިނީ މާރޓް ފިހާރައިން ވިޔަފާރިކުރުމަށްފަހު ފައިސާ ޓްރާންސްފާކުރިކަމުގެ ސައްހަނޫން ޓްރާންސްފާ ސްލިޕެއް ފޮނުވާފައިވާ މައްސަލައާ ގުޅިގެން ހޯދަންބޭނުންވެފައިވާ މީހެއް ކަމަށެވެ.

މިކަމުގައި ހިމެނޭ މީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައިނުވާ ކަމަށާއި އެހެންކަމުން އެމީޙުން ހޯދިފައިނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ވަނީ މި މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމައުލޫމާތެއް ވިލިމާލެ ޕޮލިސްގެ ނަންބަރު 9833000 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފަ އެވެ.
Post Views: 18