ފަޅު ރަށަކަށް ކުޑަކުދިންތަކެއް ގެންގޮސް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައެއް ބަލަން ފަށައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ 4 ފިރިހެން ކުއްޖަކު ފަޅުރަށަކަށް ގެންދިއުމަށްފަހު ޖިންސީ ގޯނާ ކޮށްފައިވަނީ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މައްސަލައާ ގުޅޭގޮތުން ފުލުހުން މިހާތަނަށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެ އެވެ.
ނަމަވެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންނާއި ކަމާގުޅޭ އިދާރާތަކުން މިމައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.
Post Views: 18