މާލޭގައި މީހެއްގެ ބޮލުގައި މަރުތޭލަކުންޖަހާ މަރާމާރީ ހިންގައިފި އެވެ.
ފުލުހުން ބުނެފައިވަނީ އައިޖީއެމްއެޗް ކައިރީގައި ހުރި މީހަކަށް ސައިކަލެއްގައިއައި ދެ މީހަކު ހަމަލާދީ މާރާމާރީ ހިންގާފައިވާ ކަމަށެވެ. މި މައްސަލައިގައި ހަމަލާދީފައިވަނީ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާއަށް ހަމަލާދީފައިވަނީ މަރުތޭލަކުން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

ފުލުހުން ބުނެފައިވަނީ މި ހަމަލާ ހުއްޓުވަން އުޅުނު ފުލުހަކަށްވެސް އަނިޔާވެފައިވާ ކަމަށެވެ.
މާލޭގައި މާރާމާރީތައް އިތުރުވެފައިވާއިރު އިއްޔެ ކެފޭއެއްގެ ތެރޭގައިވެސް ދެ ބިދޭސީއަކު ވަނީ މާރާމާރީ ހިންގާފަ އެވެ.
Post Views: 26