ފްލެޓް ލިސްޓް ރޯދައިގެ ކުރިން އިއުލާނު ކުރާނެ ކަމަށް ބުނެފި

Untitled-1 (1)

ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ހިންގި 'ގެދޮރުވެެރިޔާ' ސްކީމުގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު ރޯދައިގެ ކުރިން އިއުލާނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް މުއިއްޒު ވިދާޅުވީ، މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައިވެސް މިއަހަރު ސޯޝަލް ހައުސިންގެ އާ މަޝްރޫއުތައް ފެށިގެންދާނެ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިއަށްދާ 4000 ފްލެޓް ނިންމުމާއި އަދި ފްލެޓް ލިބޭނެ ކަމަށް އިއުލާންކޮށްފައިވާ 4000 މީހުންގެ ލިސްޓާއި މެދު އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންގަވާފައިވާ އެންގުންތަކާއެކު އެ ލިސްޓުގެ ސައްހަކަން ބެލުން އޮތީ މި ސަރުކާރުން ހައްލުކުރަން ޖެހިފައި އޮތް ވަރަށް ހައްސާސީ މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

"މާތްالله ގެ އިރާދަފުޅާއެކު ލިސްޓުގެ ޞައްޙަކަން ބެލުމަށް ކުރެވެމުންދާ މަސައްކަތް ނިމި މި ފެބްރުއަރީ މަސް ނިމުމުގެ ކުރިން ލިސްޓު އިއުލާނު ކުރެވޭނެ. އަދި ފްލެޓްތައް ނިމެމުންދާ ނިސްބަތުން ފްލެޓް ލިބޭ ފަރާތްތަކާ ފްލެޓް ޙަވާލު ކުރަމުން ގޮސް މި އަހަރުގެ ސެޕްޓެންބަރު މަސް ނިމުމުގެ ކުރިން ހުރިހާ ފްލެޓެއް އޭގެ ޙައްޤުވެރި  ފަރާތްތަކާ ޙަވާލުކޮށް ނިންމާލެވޭނެ." ރައީސް މުއިއްޒު ވިދާޅުވި އެވެ.

'ގެދޮރުވެެރިޔާ' ސްކީމުގެ 2 ކޮޓަރި އަދި 3 ކޮޓަރީގެ ފްލެޓަށް އެދި ޖުމްލަ 20،697 ފޯމު ހުށަހަޅާފައިވެ އެވެ.

އެ ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު ނެރުން ލަސްވާތީ އަދި ފްލެޓް ނިންމާ ހަވާލުކުރުން ލަސްވާތީ އެކަމުގެ ކަންބޮޑުވުން ގިނަ ފަރާތްތަކަކުން އަންނަނީ ފާހަގަ ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *