ކޯރާޑިން ހަމަލާދިން މައްސަލައިގައި ދެ މީހުން ބަންދު ކުރަން އަމުރުކޮށްފި

large_1739166626650VuS

ކޯރާޑިއަކުން މީހަކަށް ހަމަލާދިނުމަށްފަހު ފިލަން އުޅުނު މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދު މުއްދަތު ޖަހައިފި އެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ގދ. ފިޔޯރީ/ހީނާމާގެ، ރުސްތަމް އިބްރާހިމް (25 އަހަރު) އަދި ބ. ގޮއިދޫ، ފިނިފެންމާގެ، ސައިފުﷲ ފައިސަލް (19 އަހަރު) އެވެ.

ފުލުހުން މިއަދު ބުނެފައިވަނީ މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ރުސްތުމް އިބްރާހީމް ތިން ދުވަހުގެ މުއްދަތަށް އަދި ސައިފުﷲ ފައިސަލް ތަހުގީގު ނިމެންދެން އަދި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި މީހަކަސް ކޯރާޑިއަކުން ހަމަލާދީފައިވާއިރު އަނިޔާ ލިބުނު މީހާއަށް ވަނީ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ދޫކޮށްލާފަ އެވެ.

މި މީހުން ހުއްޓުވާފައިވަނީ ހަމަލާދިނުމަށްފަހު ހުޅުމާލެއިން ފިލައިގެން މާލެދާން އުޅެނިކޮށެވެ.

Leave a Reply

Your email address will not be published. Required fields are marked *