ފެންނަނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް "އުނބަށް" ޖަހާތަން: އަމީރު

Screenshot

ސަރުކާރުން މިހާރު ކަންކަން ކުރަމުންދާގޮތަށް ކުރިއަށްގެންދާނަމަ މި އަހަރުވެސް 7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާނެ ކަމަށް  ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން މިއަދު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، މި އަހަރުގެ ބަޖެޓު ޕްލޭނާ އެއްގޮތަށް މިސަރުކާރުން ކަންކަން ކުރަމުންދާތަން ނުފެންނަ ކަމަށެވެ. އަދި ފެންނަނީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އުނބަށް ޖަހަމުންދާތަން ކަމަށެވެ.

އެގޮތުން ބަޖެޓުގައި 7.7 ބިލިއަން ރުފިޔާ ސަލާމަތްވާނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް ފެންނަނީ ޖެނުއަރީ މަސް ނިމިގެންދާއިރު ހަރަދު ކުޑަކުރުމުގެ އެއްވެސް ވިސްނުމެއް ވެސް ނެތި ސިޔާސީ މީހުންނާއި ކުންފުނިތަކަށް މީހުން ނަގަމުންދާތަން އިތުރުވާތަން ކަމަށެވެ. ސަލާމަތްވާނެ ކަމަށް ބަޖެޓްގައި ފާހަގަކޮށްފައިވާ 7.7 ބިލިއަން ރުފިޔާ ސޭވް ކުރެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށް އަމީރު ވިދާޅުވި އެވެ.

މިގޮތަށް ސަރުކާރުން ކުރިއަށްދާނަމަ މި އަހަރު އަނެއްކާ ވެސް ފައިނޭންސް ކުރެވޭނެ ގޮތެއް ނެތިގެން ހަތް ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ސަރުކާރުން މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

މީގެއިތުރުން އަމީރު ވިދާޅުވީ ސަރުކާރުން މިހާރު އަމަލުކުރަމުންދާގޮތަށް ކުރިއަށްދާނަމަ ބަޖެޓްގައި ލަފާކޮށްފައިވާ ދަރަންޏަށްވުރެ 2025 ގެ ދަރަނި ބޮޑުވާނެ ކަމެވެ.

Leave a Reply

Your email address will not be published. Required fields are marked *