ކޯރާޑިން ހަމަލާދިން މައްސަލައި: ރަސްތުމް ޝަރީއަތް ނިމެންދެން ބަންދުކޮށްފި

large_1739166626650VuS

ކޯރާޑިއަކުން މީހަކަށް ހަމަލާދިނުމަށްފަހު ފިލަން އުޅުނު މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ ތެރޭގައި ހިމެނޭ ރުސްތަމް އިބްރާހިމް ތަހުގީގު މަރުހަލާ އަދި ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފި އެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ގދ. ފިޔޯރީ/ހީނާމާގެ، ރުސްތަމް އިބްރާހިމް (25 އަހަރު) އަދި ބ. ގޮއިދޫ، ފިނިފެންމާގެ، ސައިފުﷲ ފައިސަލް (19 އަހަރު) އެވެ.

ފުލުހުން މިއަދު ބުނެފައިވަނީ ރުސްތަމް އިބްރާހިމް ކޯޓަށް ހާޒިރު ކުރުމުން ތަހުގީގު މަރުހަލާ އަދި ޝަރީއަތުގެ މަރުހަލާ ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަަމަށެވެ.

ރުސްތުމް ފުރަތަމަ ކޯޓަށް ހާޒިރު ކުރުމުން އަމުރުކޮށްފައިވަނީ ތިން ދުވަހަށް ބަންދު ކުރުމަށެވެ. މިއީ މި މައްސަލައިގައި އޭނާގެ ބަންދު ޖެހުމަށް ކޯޓަށް ހާޒިރު ކުރި ދެވަނަ ފަހަރެވެ.

މި މައްސަލައިގައި ދެން ހައްޔަރުކުރި ސައިފުﷲ ފައިސަލް ހުރީ ތަހުގީގު ނިމެންދެން އަދި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދު ކޮށްފަ އެވެ.

މި މާރާމާރީގައި މީހަކަށް ކޯރާޑިއަކުން ހަމަލާދީފައިވާއިރު އަނިޔާ ލިބުނު މީހާއަށް ވަނީ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ދޫކޮށްލާފަ އެވެ. މި މީހުން ހުއްޓުވާފައިވަނީ ހަމަލާދިނުމަށްފަހު ހުޅުމާލެއިން ފިލައިގެން މާލެދާން އުޅެނިކޮށެވެ.

Leave a Reply

Your email address will not be published. Required fields are marked *