ރާއްޖޭގެ ބައެއް ކޯޓުތަކަށް ފަނޑިޔާރުން އައްޔަނު ކޮށްފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފައިވަނީ، ފަނޑިޔާރުކަމުގެ މަގާމަށް އައްޔަނު ކުރެއްވި ބޭފުޅުން މަގާމުގެ ހުވާ ކުރެއްވީ 2025 ފެބުރުވަރީ 13 ގައި ކަމަށެވެ.

މަގާމުގެ ހުވާ ކުރެއްވުމުގެ އިތުރުން އެބޭފުޅުންނަށް ވަނީ މަގާމުގެ ފަތްކޮޅުވެސް އަރުވާފަ އެވެ.
ފަނޑިޔާރު ކަމަށް އައްޔަނު ކުރެވުނު ބޭފުޅުން އަދި އައްޔަނު ކުރެވުނު ކޯޓުތައް:
- ހއ.ބާރަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ހއ.ބާރަށް / ރޭސަމް، އަބްދުﷲ ޖައިލަމް
- ބ.ކެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ބ.ކެންދޫ / ސައްކެޔޮގެ، ޖިނާން އަބްދުﷲ
- ބ.ތުޅާދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ލ.މާވަށް / އެންދެރިމާގެ، އިސްމާއިލް މާހިރު
- ކ.މާފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ކ.މާފުށި / ޝާހީ، ޝިފްނާ އަހްމަދު ސާދިޤް
- ކ.ކާށިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ފ.ދަރަނބޫދޫ / ރޯޝަނީގެ، އަލީ އިސްމާއީލް
- ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ލ.ގަން / ފަޒާ، އަހްމަދު ޝާފީ
- ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް ކަމަށް ގދ.ގައްދޫ / ޔެލޯސީ، އަހްމަދު އަވްފު އަބްދުއްސަމަދު
މި ބޭފުޅުން މަގާމަށް އައްޔަނު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
Post Views: 11