ރައީސްގެ ހުއްދަނެތި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން މަޖިލީހަށް ހާޒިރު ކުރުން މަނާކޮށްފި

ރައީސް ޑރ. މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުއްދަ ނެތި ވަޒީރުންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން މަޖިލީހަށް ހާޒިރު ނުކުރުމަށް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕަށް އަންގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައިސް މުއިއްޒުގެ ފަރާތުން މި އެންގުން ޕީޖީ ގްރޫޕުގެ އިސް ބޭފުޅުންނަށް އަންގަވާފައިވަނީ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު އެވެ.

އެގޮތުން ރައީސްގެ ހުއްދަނެތި އެއްވެސް ކުންފުންޏެއްގެ ވެރިއެއް އަދި ވަޒީރެއް ވެސް މަޖިލީހަށް ހާޒިރުކޮށްގެން ނުވާނެ ކަމަށް އަަންގާފައިވެ އެވެ.

މިފަދަ އެންގުމަށް ޕީއެންސީގެ މެންބަރުންނަށް ފަލާހު މެދުވެރިކޮށް އަންގާފައިވާއިރު މިކަމާ ގުޅިގެން ފަލާހު މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެ އެވެ.

ޕާޓީން ވަކިކުުރުމުން މެންބަރުންގެ ގޮނޑި ގެއްލުވާލެވޭގޮތަށް ޤާނޫނުއަސާސީ ބަދަލުކުރުމަށްފަހު ޕީއެންސީގެ މެންބަރުން މެދުވެރިކޮށް އެކި ބަދަލުތައް ޤާނޫނުތަކަށް އަންނަނީ ގެންނަމުންނެވެ. އެގޮތުން މިފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ހުށަހެޅި އިސްލާހާމެދުވެސް އެޕާޓީގެ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވިނަމަވެސް ޕީއެންސީގެ މެންބަރުން ވަނީ އެ ބިލުވެސް ފާސްކޮށްފަ އެވެ. އެ ބިލަށް ވޯޓުނުދީ ތަޅުމުން ނިކުތް މެންބަރު އަހުމަދު އަޒާން މަރުޒޫގް ވަނީ މަޖިލީހުގެ ވަރުގަދަ ކޮމިޓީތަކުންވެސް ބޭރުކޮށްފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *