ފަނޑިޔާރު މަހާޒު ޖޭއެސްސީއަށް ހާޒިރުވެއްޖެ

Screenshot

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހާޒިރުވެއްޖެ އެވެ.

ފަނޑިޔާރު މަހާޒް ޖޭއެސްސީއަށް މިއަދު މެންދުރު ހާޒިރުވީ އެ މަނިކުފާނާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުންދާ ސުލޫކީ މައްސަލައާ ގުޅިގެންނެވެ. އެމަނިކުފާނު ހާޒިރުވެފައިވަނީ ވަކީލު މުހައްމަދު ފައިސަލްއާއެކު އެވެ.

އޭސީސީން ހިންގާ ޖިނާއީ ތަހުގީގެއް ކަމަށްބުނެ ފަނޑިޔާރު މަހާޒް މިވަގުތު ހުރީ ސަސްޕެންޑްވެސް ކޮށްފަ އެވެ.

ސުލޫކީ މައްސަލައިގެ ގޮތުގައި ޖޭއެސްސީން ބަލަނީ، ފަނޑިޔާރު އަޒްމިރާލްދާގެ ފިރިކަލުން ހައްޔަރުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ފަނޑިޔާރު މަހާޒް ނުފޫޒު ފޯރުވިކަމަށް ބުނާ މައްސަލަ އެކެވެ. މީގެއިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު ހައިކޯޓުގެ ކުރީގެ އެސިސްޓެންޓް ރަޖިސްޓްރާ ސުޕްރީމް ކޯޓަށް ހާޒިރުކޮށް ހުތުރުބަހުން މުހާތަބު ކުރިކަމަށް ތުހުމަތުކުރާ މައްސަލައިގައި އެތަނުގައި ފަނޑިޔާރު މަހާޒް ހުންނެވި ކަމަށް ބުނާ މައްސަލައިގައިވެސް މަހާޒްގެ ސުލޫކީ މައްސަލައެއް ބަަލަމުންދާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *