ރާއްޖެ އެތެރެކުރަން އުޅުނު 1 ކިލޯގެ ޑްރަގްސް އަތުލައިގެންފި

ފުލުހުންގެ އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާތަކެތި -- ފޮޓޯ: ފުލުހުން

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން މިއަދު ބުނެފައިވަނީ، ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވަނީ މިއަދު ކަމަށެވެ

އަތުލައިގަނެފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް އެވެ.

ކަސްޓަމްސްއިން ބުނެފައިވަނީ މިތަކެތީގެ ވަގުތީ ބަރުދަނުގައި 1097 ގުރާމް ހުރި ކަމަށެވެ. އަދި މިތަކެތީގެ މަގުމަތީ އަގު 877,600.00 ރުފިޔާއަށް އަރާނެ ކަމަށްވެސް ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކުރިކަމެއް ސާފެއްނުވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *