ރާއްޖެއަށް ކަނޑުމަގުން ހަތް ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބިދޭސީންތަކެއް ހައްޔަރު ކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށް ބަންދު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންގޮސްފައިވަނީ 10 ބިދޭސީއެއްގެ އެވެ. މީގެތެރޭގައި ހިމެނެނީ 7 އިންޑިއާ މީހުންނާއި 3 އިންޑޮނޭޝިއާ މީހުންނެވެ.

މީގެތެރެއިން ފަސް މީހެއްގެ ބަންދަށް ފަސް ދުވަސް އަދި އަނެއް ފަސް މީހުންގެ ބަންދަށް 1 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ދީފަ އެވެ.
އެ މީހުންގެ މައްޗަށް ތުހުމަތުކުރެވެނީ މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކްކުރުމުގެ ކުށެވެ. މި މީހުންގެ އަތުން އަތުލައިގަނެފައިވަނީ 7 ކިލޯގެ މަސްތުވާތަކެއްޗެވެ.
މިކަމާގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
Post Views: 16