މޯލްޑިވްސް އެކްސްޕޯގެ އެސްއޯއީ ކެޓަގަރީން ސްޓެލްކޯގެ 'ރީޖަނަލް ސްކާޑާ' އަށް 1 ވަނަ!

STELCO

މިހާރު ކުރިއަށްދާ ދިވެހިރާއްޖޭގެ އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒު، މޯލްޑިވްސް އެކްސްޕޯ 2025 ގައި ބައިވެރިވި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ފަޚްރުވެރި 1 ވަނަ މަގާމް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހާސިލްކޮށްފިއެވެ.

މޯލްޑިވްސް އެކްސްޕޯއިން ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމު ދީފައިވަނީ އެކަމަށްޓަކައި ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. އިނާމުތައް ދެއްވީ ރައީސުލްޖުމްހޫމްހޫރިއްޔާ މުހައްމަދު މުއިއްޒްޒުއެވެ. ސްޓެލްކޯގެ ފަރާތުން އިނާމާއި ހަވާލުވެވަޑައިގަތީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީއެވެ.

"މި ކާމިޔާބީއަކީ ސްޓެލްކޯގެ ހުރިހާ މުވައްޒަފުންގެ މިންނެތް މަސައްކަތާއި ވަފާތެރިކަމުގެ ނަތީޖާ. މި ކާމިޔާބީގައި ހުރިހާ މުވައްޒަފުންގެ ދައުރެއްވޭ،" ސްޓެލްކޯއަށް ލިބުނު ކާމިޔާބާއި ގުޅިގެން 'އެކްސް’ގައި ކުރި ޕޯސްޓެއްގައި އެކުންފުނިން ބުނެފައިވެއެވެ.

ސްޓެލްކޯއަށް ވަނަ ލިބިފައިވަނީ މި އެކްސްޕޯގައި އެ ކުންފުނިން ދައްކާލި އެ ކުންފުނިން އަލަށް ތައާރަފުކޮށްފައިވާ 'ރީޖަނަލް ސްކާޑާ' ނިޒާމެވެ. މިއީ ސްޓެލްކޯގެ ދަށުން ހިންގާ ހުރިހާ ރަށެއްގެ ކަރަންޓު އުފެއްދުމާއި ގުޅޭ އެންމެހާ ކަންކަން މޮނިޓަރުކޮށް ބެލެހެއްޓުމަށް ތައްޔާރުކޮށްފައިވާ ހާއްސަ ނިޒާމެކެވެ.

މި ނިޒާމު ތައްޔާރުކޮށްފައިވަނީ އިންހައުސްކޮށް ސްޓެލްކޯގެ މުވައްޒަފުންގެ ޓީމަކުންނެވެ.

މި ނިޒާމުގެ ސަބަބުން ކަރަންޓު ހިދުމަތް ދިނުމުގައި ދިމާވާ މައްސަލަތައް އަވަހަށް ދެނެގަނެވި، އެ މައްސަލަތައް ރަނގަޅުކުރުމަށް ފަސޭހަވެގެންދާނެއެވެ. އަދި ކުއްލިއަށް ކަރަންޓު ކެނޑުން މަދުކުރެވި، މުސްތަގުބަލުގައި ކަރަންޓަށް ބޭނުންވާނެ މިންވަރު ލަފާކުރަން ފަސޭހަވެގެންދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *