މާލޭގައި 15 އަހަރުގެ ކުއްޖެއް ގެއްލިގެން ހޯދަނީ

0-02-06-d344831f2bb53aa51e04ead05a15548195cd8eb7fc3c017ffa991bcb45a55230_83a3e1161085ebf3

މާލޭގައި 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ، ގެއްލިގެން ހޯދަމުންދަނީ  ތ. ދިޔަމިގިލި، އާޤިސާމަންޒިލް، ޒީކް ބިންތި މުޙައްމަދު ރިޔާޒު ކަމަށައި، އެ ކުއްޖާ ދިރިއުޅެމުން ދިޔައީ ކ. މާލެ، ގ. ތޯނީއައްސޭރި ގޭގައިކަމަށެވެ.

މި ކުއްޖާ އެންމެ ފަހުން ފެނުނުއިރު ހުރީ ކަޅު ޝޯލެއް އަޅައި ހިތެއްގެ ބައްޓަން ކުރަހާފައިހުރި ކަޅު ޓޮޕަކާއި އަޅި ކުލައިގެން ޖިންސެއް ލައިގެން ކަމަށް އާއިލާއާ ހަވާލާދީ ފުލުހުން ބުނެއެވެ.

ޒީކް ބިންތި މުޙައްމަދު ރިޔާޒާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ނަންބަރު 9790163 ނުވަތަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *