އދ.މާފުށިވަރު ރިސޯޓް ކައިރިއަށް ބޮއިއަޅަން މޫދަށް ފައިބައި އުޅެނިކޮށް ނިޔާވި ރ. އިނގުރައިދޫ, މާހާ, ނިޝާހް އަބްދުލް އަފޫރަކީ ހިތްވަރުގަދަކަމާއި އިންސާނިއްޔަތުކަމުގެ ލާމަސީލު މިސާލެއް ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އިބޫ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސްކައުޓް އެސޯސިއޭޝަނަށް ރީތި ނަން ހޯދައިދިން ޒުވާނެއް ކަމަށާއި، އެ މަރުޙޫމްގެ ފުރާނައަށް މާތް ﷲ ހެޔޮ ރަޙުމަތް ލައްވައި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުއާ ކުރާ ކަމަށެވެ.
އުމުރުން 18 އަހަރުގެ ނިޝާޙް ނިޔާވީ އދ.އަތޮޅު މާފުށިވަރު މޯލްޑިވްސް ރިސޯޓުގައި ބޮއިއަޅަން މޫދަށް ފައިބައިގެން އުޅެނިކޮށް ހާލު ދެރަވެގެން އދ. މަހިބަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަނިކޮށްކަމަށް ފުލުހުން ބުނެއެވެ.
ނިޝާއަކީ 18 ނޮވެމްބަރު 2018 ގައި ރ. އުނގޫފާރުގައި މޫދަށް އެރިއުޅުނު ކުއްޖަކު ގެނބުމުން، އެ ކުއްޖާގެ ފުރާނަ ސަލާމަތްކުރުމުގައި ނަމޫނާ ދެއްކި ސްކައުޓެކެވެ. މިގޮތުން އޭނާއަށް ސްކައުޓްސް އެސޯސިއޭޝަނުން ދޭ ގެލެންޓަރީ ރަން މެޑަލްގެ އިތުރުނ،ް 2019 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިނާމުވެސް ވަނީ ދެއްވާފައެވެ.