ސްރީލަންކާގެ ފޮރިން މިނިސްޓަރު އަލީ ސަބްރީގެ ދައުވަތަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސްރީލަންކާއަށް ވަޑައިގެންފިއެވެ.
ޝާހިދު ލަންކާއަށް ވަޑައިގެންނެވީ އެ ގައުމުގެ 75 ވަނަ މިނިވަންދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް އެގައުމުގެ ފޮރިން މިނިސްޓަރުގެ ދައުވަތަކަށެވެ.

މިނިސްޓަރު ޝާހިދު ލަންކާއަށް ކުރައްވާ މި ދަތުރުފުޅުގައި އެގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި ބައެއް ވަޒީރުންނާވެސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން މި ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ޒިޔާރަތްކުރައްވައި، އެ ގައުމުގައި އުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
Post Views: 55