ހިޔާ ފެލްޓްތަކުގެ ސެކިއުރިޓީ ކެމެރާ ފީޑް ފުލުހުންނަށް

sfwnever

ހިޔާ ފްލެޓްތަކުގެ އެތެރެއާއި ބޭރުގައި ހަރުކޮށްފައިވާ ކެމެރާ ފީޑް ފުލުހުންނާ ހިއްސާ ކުރުމަށް އެޗްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެޗްޑީސީން ބުނީ، ހިޔާގެ 16 ޓަވަރުގެ އެތެރެއާއި ބޭރުގައި ހަރުކޮށްފައިވާ ކެމެރާތަކުގެ ފީޑް ފުލުހުންނާ ހިއްސާ ކުރަން އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

މި އެއްބަސްވުމުގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރު އަހްމަދު އާތިފެވެ. ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

މިގޮތުން ކެމެރާތަކުގެ ފީޑް ކަނެކްޝަން ނެގުމުގައި ކުރަން ޖެހޭ ކަންކަން ކުރާނީ ފުލުހުންނާއި، އެޗްޑީސީ ގުޅިގެން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

މީގެއިތުރުން ރިއަލް ޓައިމް ފީޑް ފުލުހުންނަށް ފޯރުކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާކަން ފާހަގަކޮށް އެޗްޑީސީން ބުނީ، މި ކަމުގެ ސަބަބުން ހިޔާ ޓަވަރުތަކުގައި ރައްކާތެރި މާހައުލެއް ގާއިމު ކުރުމަށް އެޗްޑީސީން ފުލުހުންނާ ގުޅިގެން ކުރަމުން އަންނަ މަސައްކަތްތަކަށް ބޮޑު ފަސޭހައެއް ވެގެންދާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *