ވެލާތައް ފަޅައި، ކެއްކީ ކެންދޫ 5 މީހުން: އީޕީއޭ

333411_3_5ac53b729c8423bf99a8bf2d667bf9618573dee7_large

ބ.އަތޮޅުގައި އޮންނަ ފަޅު ރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތައް ފަޅައި، ކެއްކީ ބ.ކެންދޫއަށް ނިސްބަތްވާ ފަސް ފިރިހެންގެ ގްރޫޕަކުން ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.

އީޕީއޭ އިން ކުރި ޓުވީޓެއްގައި ބުނީ، ހަ ވެލައެއް ފަޅައި، އެ ކެއްކި މައްސަލައިގައި ކެންދޫއަށް ނިސްބަތްވާ ފަސް މީހުން ފުލުހުން ހައްޔަރުކުރި ކަމަށާއި، ނަމަވެސް ބަޔާން ނެގުމަށްފަހު އެމީހުން ދޫކޮށްލާފައިވާ ކަމަށެވެ.

ބ.ކެޔޮދޫއަށް ބަޔަކު ގޮސް ވެލާތަކެއް ފަޅައި، ކައްކަމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިދިޔަ ހުކުރު ދުވަހުއެވެ. މިއާއެކު ފުލުހުން ވަނީ އެ ރަށަށް ގޮސް އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލާފައެވެ.

މިގޮތުން ބ.އަތޮޅު ބަޔޮސްފިއާ ރިޒާވް އޮފީހުގެ މުވައްޒަފުންނާއި، ފުލުހުން ގުޅިގެން ވަނީ މިކަމާ ގުޅޭ ހެކިތައް ހޯދައި އީޕީއޭއާ ހިއްސާކޮށްފައި ކަމަށް އެ އެޖެންސީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *