ދެކުނުގެ 4 އަތޮޅު މި އަހަރު އާރްޓީއެލް އިން ގުޅާލެވޭނެ: ރައީސް

feve

ދެކުނުގެ ހަތަރު އަތޮޅުގެ ރަށްތައް މި އަހަރު ނިމެންވާއިރަށް އާރްޓީއެލްގެ ފެރީގެ ނިޒާމުން ގުޅުވާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވިދާލުވީ، މިއަހަރު ނިމުމުގެ ކުރިން ހުވަދުއަތޮޅާއި، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ އާރްޓީއެލްގެ ނިޒާމުން ގުޅާލާނެ ކަމަށެވެ.

މިގޮތުން ކުރިޔަށް އޮތް ދުވަސްތަކުގައި އާރްޓީއެލްގެ ނިޒާމުން ރާއްޖޭގެ ހުރިހާ ރަށެއް ގުޅުވާލާނެ ކަމަށް ފާގަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، އާރްޓީއެލްގެ މިނީ ބަހުގެ ހިދުމަތް މާލެ ސަރަހައްދާއި، ބޮޑެތި ރަށްތަކުގައިވެސް ފެށިފައިވާ ކަމަށެވެ.

މީގެއިތުރުން ބޮޑުތިލަދުންމަތީގެ އިތުރުން ފާދިއްޕޮޅުގެ ހުރިހާ ރަށެއް ކޮންމެ ދުވަހަކު ދަނީ އާރްޓީއެލްގެ ނިޒާމުން އަމުނާ ގަތާ ބަދަހިވަމުންކަން ރައީސް ސޯލިހު ފާހަގަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *