މ.ކޮޅުފުށީގައި އަޅާ 100 ހައުސިންގް ޔުނިޓް ނިންމަން ހަވާލުކޮށްފި

vee

މ.ކޮޅުފުށީގައި އިމާރާތްކުރަން ފަށަފައިވާ 100 ހައުސިންގް ޔުނިޓްގެ މަސައްކަތް ނިންމުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، މި އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް އަހުމަދު ވިޝާން ނަސީމް ކަމަށައި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ ޕްރޮޖެކްޓްސް ޑީރެކްޓަރ އާދަމް ރަހީމު ކަމަށެވެ.

މި މަޝްރޫއު ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަންސްއާ ހަވާލުކުރީ 365 ދުވަހުން ނިންމަން 117.78 މިލިއަން ރުފިޔާއަށެވެ.

ކޮޅުފުށީގައި އަޅާ 100 ހައުސިންގް ޔުނިޓްގެ މަސައްކަތް އެހެން ބަޔަކާ ހަވާލުކޮށްގެން ކުރިޔަށް ގެންދަނިކޮށް ހުއްޓުނީ ކޮވިޑް-19 ގެ ސަބަބުންނެވެ. މިގޮތުން މަޝްރޫއު ހުއްޓުނުއިރު 34 ޔުނިޓްގެ ފައުންޑޭޝަން ނިމި، 7 ޔުނިޓް ރޭނުގެ މަސައްކަތްވެސް ކޮށްފައިވެއެވެ.

މި ހައުސިންގް ޔުނިޓްތަކުގައި ތިން ކޮޓަރި ހިމެނޭއިރު، ތިން ފާހާނާ އާއި ސިޓީންރޫމް އަދި ބަދިގޭގެ އިތުރުން ލޯންޑްރީ އާއި ސްޓޯ ރޫމެއްވެސް ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *