މެންޓަލް ހެލްތަށް އެންމެ ބޮޑަށް މަސައްކަތްކުރީ މި ސަރުކާރުން: މެމްބަރު ރޮޒައިނާ

diSapUbYqX5qR8ARMrhsZAtTCyhKqDUwPtFgUIvu

މެންޓަލް ހެލްތުގެ ކަންކަމާ ގުޅިގެން އެންމެ ބޮޑަށް މަސައްކަތް ކޮށްފައި ވަނީ މި ސަރުކާރުން ކަމަށާއި، އެހެން އެއްވެސް ސަރުކާރަކަށް މި ސަރުކާރުން ކުރި ވަރާ ގާތަށްވެސް މަސައްކަތް ނުކުރެވޭ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރޮޒައިނާ ވިދާޅުވީ، މެންޓަލް ހެލްތަކީ މުހިންމު ކަމެއްކަމާއި، އެކަމުން ނިކުންނަ މައްސަލަތަކަކީ ސޮސައިޓީގެ އެހެން މައްސަލަތަކަށްވެސް އަސަރު ކުރާ ކަމެއްކަން ދަނެގެން އެކަމަށް މި ސަރުކާރަށްވުރެ ބޮޑަށް މަސައްކަތްކުރި އެހެން ސަރުކާރެއް ނާންނަ ކަމަށެވެ.

ސެންޓަ ފޯރ މެންޓަލް ހެލްތު ސެންޓަރެއް ގާއިމުކުރީ ރައީސް ސޯލިހުގެ ސަރުކާރުންކަން ފާހަގަކުރައްވައި ރޮޒައިނާ ވިދާޅުވީ، އެ ސެންޓަރުން 60،000 އަށްވުރެ ގިނަ ކޮންސަލްޓޭޝަން ހަދާފައިވާ ކަމަށެވެ. އަދި 3،000 މީހުންގެ ވެއިޓިންގް ލިސްޓެއް މިހާރު 400 ކުޑަވެފައިވާކަންވެސް ރޮޒައިނާ ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ރޮޒައިނާ ވިދާޅުވީ، މީގެ ކުރިން ދުވަހަކު އަޅާނުލެވި އޮތް ކަމަކަށް މެންޓަލް ހެލްތު ވެފައިވާ ކަމަށައި، މިގޮތުން މި މަސައްކަތް ފަށައިގަނެގެންދާއިރު ބައިވަރު ގޮންޖެހުމާއި ދަތިތައް ހުންނާނެ ކަމަށެވެ.

ސަރުކާރުން އަންނަނީ ނަފްސާނީ ފަރުވާއަށް ބޮޑު އަހަންމިއްޔަތުކަމެއް ދެމުންކަން ފާހަގަކުރައްވާ ރޮޒައިނާ ވިދާޅުވީ، ނަފްސާނީ ފަރުވާއަށް ކުރާ ހަރަދު އާސަންދައިން ކަވަރުކުރެވޭ ގޮތްވެސް ހެދީ މި ސަރުކާރުން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *