އަމީނީ މަގު މި އަހަރުގެ ސެޕްޓެމްބަރަށް ނިމޭނެ: މިނިސްޓަރު އަސްލަމް

sdsvwv

އަމީނީ މަގުގެ މަސައްކަތް މި އަހަރުގެ ސެޕްޓެމްބަރަށް ނިމޭނެ ކަމަށް ނޭޝަނަލް ޕޭލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، އަމީނީ މަގުގެ މަސައްކަތް ފުރަތަމަ ނިންމަން އޮތީ މި ހިނގާ ފެބްރުއަރީ މަހަށް ކަމަށެވެ. ނަމަވެސް މިހާރު އެ މަސައްކަތް ނިންމަން ކަނޑައަޅާފައި ވަނީ ސެޕްޓެމްބަރު މަސް ކަމަށެވެ.

މަސައްކަތަށް ބޭނުންވާ ހޮޅިތަކެއް ގެންނަން އެމްޑަބްލިއުއެސްސީއަށް ދަތިތަކެއް ދިމާވިކަން ފާހަގަކުރައްވާ މިނިސްޓަރު އަސްލަމް ވިދާޅުވީ، އެކަމާ ގުޅިގެން މަސައްކަތް ކުރިޔަށް ގެންދަން ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށާއި، މިގޮތުން އެ ދަތިތަކަށް ބެލުމަށްފަހު މަސައްކަތް ނިންމަން މިހާރު ކަނޑައަޅާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހަށް ކަމަށެވެ.

މީގެއިތުރުން އަމީނީ މަގުގެ މަސައްކަތް ނިމުމާއެކު މާލޭގެ މެރިން ޑްރައިވް އުތުރު ފަރާތު މަގު އެކީގައި ފުޅާކޮށް، އެ މަގު ހެދުމަށް ޕްލޭން ކޮށްފައިވާ ކަމަށްވެސް މިނިސްޓަރު އަސްލަމް ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *