މަގުތަކުގެ މައްސަލަ ހައްލުކުރަން އަސްލަމް އައްޑޫއަށް ބަދަލުވަނީ

FE2j8lgVcAYCaVR

އައްޑޫ ސިޓީގެ މަގު ހެދުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ނޭޝަނަލް ޕޭލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް އެ ސިޓީއަށް ފުރާވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ، އައްޑޫ ސިޓީގެ މަގުތައް ހެދުމުގައި ހިތްހަމަނުޖެހުންތަކެއް އެބަހުރި ކަމަށާއި، އެ ހުރިހާ ކަމެއް ހައްލުކުރުމަށް އަންނަ ހޮނިހިރު ދުވަހު އެ ސިޓީއަށް ވަޑައިގެން އެތަނުގައި ބޭސްވެގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

އައްޑޫ ސިޓީގެ މަގުތަކުގެ މަސައްކަތް ކުރަމުން އަންނަނީ އަފްކޮންސްއިންނެވެ. މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ ގިނަ މަގުތައް ދަނީ ހަދަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *