ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލަނީ

cfscs

މަތީ ތައުލީމް ހާސިލް ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ސަރުކާރުން ހުޅުވާލާ ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލަން ނިންމައިފިއެވެ.

ޕީއެސްއެމް ނިއުސްގެ ޕްރޮގްރާމެއްގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، މަތީ ތައުލީމު ހާސިލްކުރަން ސަރުކާރުން ހުޅުވާލާ ސްޓޫޑެންޓް ލޯނަށް އެދުމުގެ ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލާނެ ކަމަށެވެ.

މިއީ މި އަހަރު ސްޓޫޑެންޓް ލޯނަށް އެދުމަށް ހުޅުވާލާ ފުރަތަމަ ފަހަރު ކަމަށްވާއިރު، ހުޅުވާލަނީ ކިތައް ފުރުސަތު ކަމެއް މިނިސްޓަރު ހާމައެއް ނުކުރެއެވެ.

ސަރުކާރުން ވަނީ ލޯނު އިންޓްރެސްޓް އެއް އިންސައްތައަށް ކުޑަކޮށްފައިވާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ލޯނު އަނބުރާދެއްކުމުގެ މުއްދަތު 20 އަހަރަށް އިތުރު ކުރުމަށްވެސް ވަނީ ނިންމާފައި ކަމަށެވެ.

ފާއިތުވި ހަތަރު އަހަރު ތެރޭގައި މި ސަރުކާރުން ވަނީ 1،986 ދަރިވަރަކަށް ސްޓޫޑެންޓް ލޯނު ދޫކޮށްފައެވެ. އަދި އޭގެ ތެރެއިން މިހާރުވެސް 32 ގައުމެއްގައި 800 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ލޯނުގެ އެހީގައި ތައުލީމް ހާސިލް ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *