ތިލަފުށިން ވިއްކާ ބިމުގެ %90 ދިވެހިންނަށް ލިބޭނެ: އެޗްޑީސީ

sdgev

ތިލަފުށިން އަލަށް ހިއްކަމުންދާ ބިމުގެ 90 އިންސައްތަ ބިން ދިވެހި ވިޔަފާރިތަކަށް ހާއްސަކޮށް ކުލި ކޮންޓްރޯލް ކުރެވޭނެ އުސޫލުތަކުގެ ތެރެއިން ދިނުމަށް ވަނީ ކަނޑައަޅާފައި ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ، ރާއްޖޭގެ ސިނާއީ މަސައްކަތްތަކަށް ހުރި ދަތިތައް ދަނެގަނެ، ހައްލުތައް ހޯދައިދިނުމަށް ކުރެވޭ މަސައްކަތުގެ ދަށުން ތިލަފުށީގައި ބިން އިތުރުކޮށް ޒަމާނީ ފެންވަރެއްގައި ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރާ ގުޅިގެން ކުރަމުންދާ ކަމަށެވެ.

މިގޮތުން އެފަދަ މަސައްކަތްތައް ކުރަން ހުރި ބިމުގެ ދަތި ކަމާއި، ބިން މަދުވުމުގެ ސަބަބުން ކުލި ބޮޑުވެ ބިމުގެ އަގު އުފުލުމަށް ހައްލެއް ހޯދައި ދިނުމަށް ޖުމްލަ 150 ބެމްޓަރުގެ ބިން ތިލަފުށިން ހިއްކުމަށް ވަނީ ހަމަޖެހިފައި ކަމަށް އެޗްޑީސީން ބުނެއެވެ.

ތިލަފުއްޓަކީ ސްޕެޝަލް އެކޮނޮމިކް ޒޯނެއް ނޫން ކަމަށްވާއިރު، ބޭރުގެ ވިޔަފާރިތަކަށް ތިލަފުށީގެ މަދު ބިންތަކަކަށް އެދި ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވީ ނަމަވެސް، އެ ވިޔަފާރިތައްވެސް އަމަލު ކުރަން ޖެހޭނީ ރާއްޖޭގައި މިހާރު ހެދިފައިވާ ގާނޫނުތަކާއި ކަމާބެހޭ އިދާރާތަކުން ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ކަމަށް އެޗްޑީސީން ބުނެއެވެ.

މީގެއިތުރުން އެޗްޑިސީން ބުނީ، ދިވެހި ވިޔަފާރިތަކަށް ހާއްސަ ކުރެވިފައިވާ ވިޔަފާރިތައް މަސްވެރިކަން، ދަނޑުވެރިކަންފަދަ ވިޔަފާރިތަކަށް އެފަދަ ވިޔަފާރިތަކުގެ ސަބަބުން އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށައި، އަދި އެއީ ދިވެހިންނަށް ވަޒީފާގެ ގިނަ ފުރުސަތުތަކެއް ލިބޭނެ މަޝްރޫއެއް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *