ކުޑަގިރިއަށް ދާން މިއަދު ބުކިންއަށް ހުޅުވާލަނީ

355007_3_76ab68d73ed8d2663c145823bbb6841a338eedb2_large

މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތައް ދަތުރު ދިޔުމަށް ތަރައްގީކުރި ކ.ކުޑަގިރިއަށް ދަތުރުކުރުމަށް މިއަދު ހުޅުވާލާނެ ކަމަށް އެޗްޑީސީން ބުނެފިއެވެ.

މިއަދު އެޗްޑީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯޕަރޭޝަންގެ ޑިރެކްޓަރ އޮފް މާކެޓިންގް އެންޑް ސޭލްސް ނިއުޝާދު ޝަރީފް ވިދާޅުވީ، ކުޑަގިރި އަންނަ ހޮނިހިރު ދުވަހު އާންމުންނަށް ހުޅުވާލާނެ ކަމަށާއި، މިގޮތުން މިއަދު ހަވީރު 04:00 އިން ފެށިގެން ބުކިންގްއަށް ހުޅުވާލާނެ ކަމަށެވެ.

ނިއުޝާދު ވިދާޅުވީ، ހޮނިހިރު ދުވަހަކީ ކުޑަގިރި ހުޅުވާ ދުވަހަށް ކަމަށްވުމުން ބުކިންގްއަށް ހުޅުވާލަނީ 300 މީހުންނަށް ކަމަށެވެ. އަދި އެކަމާ ބެހޭ އެންމެ ފަހުގެ ތަފްސީލް ހަވީރު 04:00 ޖަހާއިރުން ފެށިގެން ކުޑަގިރީގެ ވެބްސައިޓް މެދުވެރިކޮށް ލިބޭނެ ކަމަށެވެ.

މީގެއިތުރުން ކުޑަގިރިއަށް އެއްފަހަރާ 600 އެއްހާ މީހުންނަށް މިވަގުތު ހިދުމަތް ދެވޭނެކަން ފާހަގަކުރައްވަމުން ނިއުޝާދު ވިދާޅުވީ އޯޕަނިންއަށް ފަހު 600 އެއްހާ މީހުންނަށް ބުކިންގް ހެއްދޭނެ ކަމަށެވެ. އަދި ކުޑަގިރީގެ ހުރިހާ ފޭސްއެއްގެ މަސައްކަތް ނިމުމުން 1200 އަށްުވުރެ ގިނަ މީހުންނަށް ހިދުމަތް ދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކުޑަގިރިއަށް ދަތުރު ދިޔުމަށް ބުކިންގް ހެއްދޭނީ އައިޑީކާޑު ނަމްބަރު ޖަހައިގެން ކަމަށާއި، ކޮންމެ މީހަކަށްވެސް ބުކިންގްއަކަށް އިތުރު ކުރެވޭނީ ހަތް މީހުން ކަމަށް ނިއުޝާދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *