އަމީނީ މަގު: ސެގްމަންޓް 4 ގައި ފެނާ ނަރުދަމާ އަޅަން ފަށައިފި

062758-fm lkzh a aa ev rf m

އަމީނީ މަގުގެ މަސައްކަތުގެ ދަށުން ސެގްމަންޓް 4 ގައި ފެނާ ނަރުދަމާ އަޅަން ފަށަފައިވާ ކަމަށް އާރްޑީސީން ބުނެފިއެވެ.

އާރްޑީސީން މިއަދު ބުނީ، އަމީނީ މަގުގެ ސެގްމަންޓް 2 އަދި 3 ގައި ތާރު އެޅުން ފިޔަވައި އެހެން މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށާއި، އަދި ސެގްމަންޓް 4 ގައި ފެނާ ނަރުދަމާ އެޅުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.

ޖުމްލަ 13 ސެގްމަންޓަކަށް ބަހާލައިގެން އަމީނީ މަގުގެ މަސައްކަތް ކުރިޔަށްގެންދާއިރު، ތާރު އަޅަން ފަށާނީ ބިލަބޮންގް ހިސާބަށް ހުރިހާ މަސައްކަތެއް ނިންމުމަށްފަހުއެވެ. އަދި މަގުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ ތާރުއެޅުން ފިޔަވާ، ކޮންމެ ސެގްމަންޓެއްގެ މަސައްކަތް ނިމުމުން އެސަރަޙައްދެއްގެ ވެލިގަނޑު ލެވެލްކޮށް ޢާއްމުނަށް ހުޅުވާލާގޮތަށެވެ.

މިގޮތުން އަމީނީ މަގުގައި ތާރު އަޅަން ފެށޭނެ ކަމަށް އާރްޑީސީން ބުނެފައި ވަނީ އަންނަ މަހުގެ ތެރޭގައެވެ. އަދި އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ އަންނަ ސެޕްޓެމްބަރު މަހުގެ 27 ގައި ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މުޅި މި މަޝްރޫޢުގައި 1.79 ކިލޯމީޓަރުގެ މަގު ހިމެނެއެވެ. އަދި މި މަޝްރޫއަށް 84 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *