ހަނިމާދޫ އެއާޕޯޓްގެ މަސައްކަތް ދަނީ ޓައިމްލައިނާ އެއްގޮތަށް: މިއުވާން

276565_df0eb8bd-a_

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިޔަށްދަނީ ޓައިމްލައިނާ އެއްގޮތަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ، މަޝްރޫއުގެ މަސައްކަތް ކުރިޔަށްދަނީ ތާވަލާ އެއްގޮތަށް ކަމަށާއި، މި މަޝްރޫއުގެ ދަށުން ސައިޓު ސާފުކޮށް، ވަގުތީ އެކޮމޮޑޭޝަން ގާއިމު ކުރުމުގެ މަސައްކަތް މިހާރު ކުރިޔަށްދާ ކަމަށެވެ.

މިއާއެކު އެއާޕޯޓް ތަރައްގީ ކުރުމަށް ބޭނުންވާ ތަކެތި ހަނިމާދޫއަށް ގެންގޮސް، އެތަކެތި ބޭލުމުގެ މަސައްކަތްވެސް ކުރިޔަށްދާ ކަމަށް މިއުވާން ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫއު ސަރުކާރުން ކުރިޔަށް ގެންދަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ.

މި މަޝްރޫޢުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި، އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޒަމާނީ ޓާމިނަލަކާއި، އެއާޕޯޓަށް ބޭނުންވާނެ އެހެނިހެން ވަސީލަތްތައް ގާއިމުކުރެވިގެން ދާނެއެވެ

Leave a Reply

Your email address will not be published. Required fields are marked *