އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ ފެނާއި ނަރުދަމާގެ މަސައްކަތް މި ދައުރުގެ ތެރޭގައި ނިމޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ޝާހް ވިދާޅުވީ، އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތައް ކުރިޔަށްދާ ކަމަށާއި، އެ މަސައްކަތްތައް ދައުރު ނިމުމުގެ ކުރިން ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެމްޑަބްލިއުއެސްސިއާ ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ ތެރެއިން ބައެއް މަޝްރޫއުތައް މިހާރު ނިމިފައިވާ ކަމަށް ފާހަގަކުރައްވަމުން ޝާހް ވިދާޅުވީ، މަޝްރޫއުތައް ކުރިޔަށް ގެންދަން ކައުންސިލްތަކުން އެއްބާރުލުން ލިބޭ ކަމަށެވެ.
ޕީއެސްއައިޕީ މަޝްރޫޢުގެ ދަށުން 20 ރަށެއްގައި އަދި އޮފިޑް މަޝްރޫޢުގެ ދަށުން 4 ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް އެމްޑަބްލިޔުއެސްސީން އަންނަނީ ކުރަމުންނެވެ.