އެމްޓީޑީސީން 230 އެނދުގެ ރިސޯޓެއް ތަރައްގީކުރަނީ

127056_3_09f43080b5b6e6675a0e7cca4ac00ba68bfd56b5_large

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީން) 230 އެނދުގެ ރިސޯޓެއް ތަރައްގީ ކުރަމުންދާ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިންގް ޑައިރެކްޓަރ ތަޒްމީލް އަބްދުލްސަމަދު ވިދާޅުވެއްޖެއެވެ.

އެމްޓީޑީސީއަށް 15 އަހަރު ފުރުން ފާހަގަކުރައް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ތަޒްމީލް ވިދާޅުވީ، އެމްޓީޑީސީއަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް އެ ކޯޕަރޭޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، މިގޮތުން 230 އެނދުގެ ރިސޯޓެއްވެސް މިހާރު ތަރައްގީ ކުރަމުން އަންނަ ކަމަށެވެ.

ތަޒްމީލް ވިދާޅުވީ، މި މަސައްކަތުގެ ދަށުން މިހާރު ކުރަމުންދަނީ އީއައިއޭ އާއި ސާވޭފަދަ މަސައްކަތްތައް ކަމަށާއި، މި ރިސޯޓް އަންނަ އަހަރު ހުޅުވޭނެ ކަމަށެވެ.

އެމްޓީޑީސީން ތަރައްގީ ކުރަމުން އަންނަނީ ހދ.ނާގޯށިއެވެ. އެ ރިސޯޓްގެ މަސައްކަތް އެމްޓީޑީސީން ކުރަމުން އަންނަނީ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ ރޯ ގަލަދާރީއާއެކު ވެފައިވާ ޖޮއިންޓް ވެންޗާއެއްގެ ދަށުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *