ކިޔަވާ ކުދިން ދަތުރުދާންވެސް ރަށެއް ތަރައްގީކޮށްދޭނަން: ރައީސް

277608_0339dc64-9_

ކިޔަވާ ކުދިން ދަތުރު ދިޔުމަށް ރަށެއް ތަރައްގީކޮށްދޭނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ކުޑަގިރި ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވިދާޅުވީ، ކިޔަވާ ކުދިން ދަތުރު ދިޔުމަށް އަދި ސްކައުޓާއި، ގާލްގައިޑުން ކޭމްޕކޮށް ހަރަކާތްތައް ހިންގޭނެފަދަ ރަށެއް ކުޑަގިރިއާ ޖެހިގެން ކުޑަ ތަރައްގީ ކުރުމަށް އެޗްޑީސީއާ ހަވާލުކޮށްފައިވާނެ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ، ކުޑަގިރި އެޗްޑީސީއާ ހަވާލުކުރި ދުވަހު އެ ބައްދަލުވުމުގައި މި ރަށް ތަރައްގީ ކުރުމަށް ޝަރުތު ކޮށްފައިވާ ކަމަށާއި، މިގޮތުން އެ ރަށް ތަރައްގީ ކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މީގެއިތުރުން ރަށުގެ މަސައްކަތް ނިންމާ އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން އެ ރަށަށް ކިޔަވާ ކުދިންނަށް ދަތުރު ދެވޭނެ ގޮތްތައް ހޯދައިދެއްވުމަށްވެސް ރައީސް ސޯލިހު ވަނީ އެދިވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *