ރައީސްގެ މުހިންމު ވައުދެއް މިއަދު އެ ފުއްދެވީ: މިނިސްޓަރު އަސްލަމް

277670_22725597-3_

މިއަދު ކ.ކުޑަގިރި ހުޅުވުމާއެކު ފުއްދިގެން އެދިޔައީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލޭ ރައްޔިތުންނަށްވީ މުހިންމު ވައުދެއް ކަމަށް ނޭޝަނަލް ޕޭލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިއަދު ކުޑަގިރި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ، ފާއިތުވީ ހަތަރު އަހަރު ތެރޭގައި ރައީސް ސޯލިހުގެ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދާ ނިންމަމުން އަންނަ ކަަމަށާއި، މި ވައުދުތައް ފުއްދާފައިވަނީ ކޮވިޑުގެ ދަތިކަމާވެސް އެކުގައި ކަމަށެވެ.

ރައީސް ސޯލިހުގެ ސަރުކާރުން ވައުދުތައް ފުައްދަމުން އަންނަނީ ކުޑަ ރަށެއް އަދި ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ކަމަށެވެ. އަދި ފުއްދާ ވައުދުތައް ކުރިޔަށް އޮތްތަނުގައި އިތުރަށް ފުރިހަމަވެގެންދާނެ ކަމަށްވެސް އަސްލަމް ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުގައި ގިނަ މަޝްރޫއުތައް ހިންގަމުންނެވެ. އެގޮތުން ގިނަ މަޝްރޫއުތައް ނިމިފައިވާއިރު، ބާކީ މަޝްރޫއުތައް މި ދައުރުގައި ނިންމުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *