"ރައީސް ސޯލިހަކީ ތަރައްގީގެ ހެޔޮ އަސަރު މުޅި ރާއްޖެއަށް ފަތުރެއްވި ރައީސް"

277679_2bd59a4c-a_

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަކީ ތަރައްގީގެ ހެޔޮ އަސަރު މުޅި ރާއްޖެއަށް ފެތުރެއްވި ރައީސް ކަމަށް އެމްޓީސީސީގެ މެނޭޖިންގް ޑައިރެކްޓަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ކ.ކުޑަގިރި ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، ރާއްޖޭގެ އުތުރާއި ދެކުނުގެ ތަރައްގީ އައިސް ގުޅިލާމެހޭ ކ.އަތޮޅާއި، ކުޑަގިރި ޕްޮޖެކްޓަށް ބަލާލުމުން ހާމަވާ ހަގީގަތަކީ ރައީސް ސޯލިހަކީ ތަރައްގީގެ އެންމެ ހެޔޮ އަސަރު މުޅި ރާއްޖެއަށް ފެތުރެއްވި ރައީސް ކަމަށެވެ.

ކ.އަތޮޅަށް ރައީސް ސޯލިހުގެ މި ދައުރުގައި ގެނެސްފައިވާ ތަރައްގީތައް ފާހަގަކުރައްވަމުން އާޒިމް ވިދާޅުވީ، ކ.ހިންމަފުށީގެ ބަނދަރުގެ މަސައްކަތް ނިންމާ، ކ.މާފުށި ބިން ހިއްކައި އެ ރަށުގެ ޕިކްނިކް އައިލޭންޑްވެސް ވަނީ ނިމިފައި ކަމަށެވެ. އަދި ކ،ގުރައިދޫ ބިން ހިއްކާ އެ ރަށުގައިވެސް ޕިކްނިކް އައިލޭންޑެއް ވަނީ ނިންމާފައި ކަމަށް އާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން އާޒިމް ވިދާޅުވީ، މި ސަރުކާރުން ނިންމާފައިވާ މަޝްރޫއުތަކުގެ ވާހަކަ ދައްކާ ދައްކާ ހުސް ނުވާނެ ކަމަށާއި، ހުސްވާނީ ނޭވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *