އަމީނީ މަގުގައި ތާރު އެޅުމަށް ތައްޔާރުވެއްޖެ

cscs

އަމީނީ މަގުގައި ތާރު އެޅުމަށް ތައްޔާރުވެފައިވާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ކުރި ޓުވީޓެއްގައި ބުނީ، އަމީނީ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ސެގްމަންޓް 1، 2 އަދި 3 ގައި ތާރު އެޅުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައްވެ ނިމިފައިވާ ކަމަށެވެ.

މިގޮތުން މިހާރު ވަނީ އެބީސީ ލޭޔަރު އެޅުމުގެ މަސައްކަތް ކުރުމަށް ތައްޔާރުވެފައި ކަމަށްވެސް އާރްޑީސީން ކުރި ޓުވީޓްގައި ވަނީ ބުނެފައެވެ.

އަމީނީ މަގުގައި އާންމުންނަށް ހުޅުވާލާފައި އޮތް ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް އާރްޑީސީން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފައެވެ.

އާރްޑީސީން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައި ވަނީ އާރްޑީސީގެ ތާރު މެޝިން ބަހައްޓާނެ ބިމެއް އަދި ކަނޑައެޅިފައި ނުވާތީއެވެ. އަދި ބިން ހަމަޖެހުމުން އާރްޑިސީގެ ތާރު މެޝިން ބަހައްޓައިގެން އަމީނީ މަގުގެ ބާކީ ބައިގެ މަސައްކަތް ކުރިޔަށްދާނެ ކަމަށެވެ.

އަމީނީ މަގު ހެދުމުގައި ތާރު އެޅުމަށް ބޭނުންވާ ސާމާނު ހަމަނުޖެހިގެން ތާރު އެޅުން ލަސްވެގެންދިޔައިރު، މިހާރު ސާމާނު ލިބި މަސައްކަތް ނިންމަން ކަނޑައަޅާފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

Leave a Reply

Your email address will not be published. Required fields are marked *