ހަވާލުކުރި ހިސާބަށް ތާރު އަޅައި ބުދައަށް ނިމޭނެ: އާޒިމް

l_2022_02_24_012705_ml1uni593tf2gjyorh84espbq7zawx6cvdk_EN_

އަމީނީ މަގުގައި ހަވާލުކުރި ހިސާބަށް ތާރު އަޅައި އަންނަ ބަދަ ދުވަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

"ތޭވީސް" އަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ، އަމީނީ މަގުގައި ތާރު އެޅުމަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ސެޓެލްކޯ ނިމޭ ހިސާބަށް ތާރު އެޅުމަށް ކަމަށާއި، މިގޮތުން އެ ހިސާބަށް ތާރު އަޅައި ބުދައަށް ނިންމާނެ ކަމަށެވެ.

އެމްޓީސީސީގެ މުވައްޒަފުން އަންނަނީ 24 ގަޑިއިރު މަސައްކަތް ކުރަމުންކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ، އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މަގު އެއްވަރުކޮށް، ކޮމްޕެކްޓް ކުރުމުގެ އިތުރުން ތާރު އެޅުން ކަމަށެވެ.

އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ އާރްޑީސީންނެވެ. މި މަސައްކަތް އާރްޑީސީން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ އާރްޑީސީގެ ތާރު މެޝިން ބަހައްޓާނެ ބިމެއް އަދި ކަނޑައެޅިފައި ނުވާތީއެވެ. ނަމަވެސް ބިން ހަމަޖެހުމުން އާރްޑިސީގެ ތާރު މެޝިން ބަހައްޓައިގެން އަމީނީ މަގުގެ ބާކީ ބައިގެ މަސައްކަތް ކުރިޔަށްދާނެ ކަމަށެވެ.

އަމީނީ މަގުގެ މަސައްކަތް އެއްކޮށް ނިމޭނީ އަންނަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ކަމަށް ޕްލޭނިންގް މިނިސްޓްރީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *