ބުއްދީގެ ހަމައިން ދަލީލު ނެރެން އެނގެން ޖެހޭ: ޑރ.އިބްރާހިމް ހަސަން

ege

ކިޔަވާކުދިން ބުއްދީގެ ހަމައިން ދަލީލު ނެރެން އެނގެން ޖެހޭ ކަމަށާއި އެއީ ވަރަށް މުހިއްމު ކަމެއް ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ.އިބްރާހިމް ހަސަން ވިދާޅުވެއްޖެ އެވެ.

ޣާޒީ ސްކޫލުގައި އޮތް 97 ވަނަ ފުރާވަރު ކޭމްޕް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ.އިބްރާހިމް ހަސަން ވިދާޅުވީ ތިމާއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ އަބުރުވެރި އުޅުމެއް އުޅޭނެ ޒުވާނެއްކަމުގައިވުމަށް އަޒުމް ކަނޑައަޅަން ޖެހޭ ކަމަށާއި، އަދި ތިމާއަށް ލިބިފައިވާ ބުއްދީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަންޖެހޭ ކަމަށެވެ.

މިގޮތުން އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ކޭންޕުން ދަސްވި ކަންތައްތައް އާންމު ދިރިއުޅުމުގައި އެކަންތައްތައް ކުރުމަށް ފަރިތަ ކުރުމަށް މަސައްކަތް ކުރުން ކަމަށާއި ކޮންމެ ކުއްޖަކީ ވެސް އަމިއްލަ ފައިމައްޗަށް ތެދުވެ ފަޚުރުވެރި ދިރިއުޅުމެއް އުޅެވޭނެ ކުއްޖަކަށް ވާން ޖެހޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ކޭންޕުން ދަސްވި އިލްމާއި ހުނަރުތައް އަދި އަޚުލާގީ މިންގަނޑުތައް އެއީ ތިމާގެ ދުވަހީ ކަންތައްތަކެއްގެ ގޮތުގައި އަށަގެންނެވުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

"ބައެއް ކަންތައްތައް އަޅުގަނޑުމެންނަށް މިސާލަކަށް ގަޑި ނުޖެހި ސްކޫލަށް ދިޔުން، ގަޑި ނުޖެހި އޮފީހަކަށް ދިއުން. ކޭންޕުން ދިމާވި ހުރިހާކަމެއް ތިމާގެ ހަށިގަނޑުގައި ހަރުލައްވަން ވާނެ. އަދި އެއަށް ތިމާ އަހުލުވެރިވެ ފަރިތަ ވާންވާނެ" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ހެދިފައިވާ ގާނޫނުތަކާއި ގަވައިދުތަކަށް ބޯލަނބާ އަޚުލާގު ރަނގަޅު ދަރިވަރުންނަށް ވާންޖެހޭ ކަމަށާއި، މުޖުތަމައުގައި ހަމަޖެހުން އޮންނާނީ އޭރުން ކަމަށެވެ. އަދި އެކަކު އަނެކަކަށް ގުޅިގެން އެކުވެރިކަމާ އެކު އުޅެވޭނީ އޭރުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މަތީ ތައުލީމުގެ ފުރުސަތުތައް ފުޅާވެފައިވާއިރު މި ސަރުކާރުން ސްކޮލަޝިޕްގެ ގިނަ ފުރުސަތުތަކެއް ހުޅުވާލާފައިވާ ކަމަށާއި އެ ސްކޮލަޝިޕްތަކަށް ޝަރުތުހަމަވާނީ އޭލެވެލް ނިންމާ ދަރިވަރުންނަށް ކަމަށެވެ. އޭލެވެލް ހަދާ ކޮންމެ ދަރިވަރަކަށް ދުނިޔޭގެ ކޮންމެ ތަނެއްގެ ޔުނިވަރސިޓީއަށް ވަނުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ. ކިޔެވުމުގެ ދޮރުތައް ހުޅުވިފައިވާ ޒަމާނެއްގައި އިލްމު ހޯދުމާއި ދޭތެރޭގައި އަބަދުވެސް ޝައުގުވެރިވާންވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *