މަގުހެދުމުގެ މައްސަލަ ހައްލުކުރަން އަސްލަމް އައްޑޫއަށް ވަޑައިގެންފި

big_iAsZX91Slq570YrmAt33l3f1J

އައްޑޫ ސިޓީގެ މަގު ހެދުމުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ނޭޝަނަލް ޕޭލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް އެ ސިޓީއަށް ވަޑައިގެންފިއެވެ.

ނިމިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުގައި އަސްލަމް ވަނީ އައްޑޫ ސިޓީގެ މަގު ހެދުމުގައި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވަން އެ ސިޓީއަށް ދުވަސްކޮޅަށް ބަދަލުވާން ނިންމާފައިވާކަން ހާމަ ކުރައްވާފައެވެ.

މިގޮތުން މިނިސްޓަރު އަސްލަމް މި މައްސަލަތަކަށް ހައްލު ހޯއްދެވުމަށް އައްޑޫއަށް ރޭ ވަޑައިގެންފައިވާއިރު، އެމަނިކުފާނު އަންނަނީ ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން މިއަދު މަޝްވަރާތައް ފައްޓަވާފައެވެ.

އައްޑޫ ސިޓީގެ މަގުތަކުގެ މަސައްކަތް ކުރަމުން އަންނަނީ އަފްކޮންސްއިންނެވެ. މި މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގެ ގިނަ މަގުތައް ދަނީ ހަދަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *