ކުއްލި މައްސަލަ ހުށަހެޅީ އެމްޑީޕީ ޕީޖީގެ ރުހުމާ ނުލައި: އަސްލަމް

wIIV9qBXOkMHDDRLQCM3pxtsM1NMP0lhFrsJWVbB

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މިއަދު ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ކުއްލި މައްސަލައެއް ހުށަހަޅުއްވާފައި ވަނީ އެމްޑީޕީ ޕީޖީ ގްރޫޕްގެ ރުހުމާ ނުލައި ކަމަށް އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ކުއްލި މައްސަލައަށް ވާހަކަދައްކަވަމުން މެމްބަރު އަސްލަމް ވިދާޅުވީ، މިއަދު 10:30 ގައި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ ބައްދަލުވުމެއް އޮތް ކަމަށައި، ނަމަވެސް އެ ބައްދަލުވުމުގައި ބައިވެރިވެރިވެ ބައެއް މެމްބަރުން މަޝްވަރާ ދެއްވާފައި ނުވާ ކަމަށެވެ.

އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގައި ގަވައިދެއް އޮންނަކަން ފާހަގަކުރައްވާ އަސްލަމް ވިދާޅުވީ، ބޭނުންހާ ގޮތަކަށް ޕާލިމަންޓްރީ ގްރޫޕް ހިންގުމުގެ އިހްތިޔާރު އޭނާއަށްވެސް ނުލިބޭ ކަމަށާއި، މިގޮތުން ވިޕެއް ނެރެން ނިންމީ އުސޫލުތައް ހިފެހެއްޓުމަށް ކަމަށެވެ.

މީގެއިތުރުން އަސްލަމް ވިދާޅުވީ، ކުއްލި މައްސަލައިގައި ސަރުކާރުން ޑްރަގް ޓްރެފިކް ކުރާ ކަމަށް ތުހުމަތުކޮށް، ގާނޫނާ ހިލާފަށް ގަވައިދެއް ހަދާފައި އޮތް ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ގާނޫނާ ހިލާފަށް ހެދިފައި އޮތް ގަވައިދަކަށް ޗެލެންޖް ކުރެވޭނީ ކޯޓުގައި ކަމަށް އަސްލަމް ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *