ރައީސް ސޯލިހުއަށް ރިޔާސީ ޓިކެޓް އެރުވުން ހުކުރު ދުވަހު

ރައީސް އިބޫ އެމަނިކުފާނުގެ ސަޕޯޓަރުންނާ ބައްދަލުކުރެއްވުން -- ފޮޓޯ: ޝަރުހާން

އެމްޑީޕީގެ ރިޔާސީ ޓިކެޓް ކަށަވަރު ކުރެއްވި ރައީސް ސޯލިހުއަށް އަންނަ ހުކުރު ދުވަހު ރިޔާސީ ޓިކެޓް އަރުވާ ގޮތަށް ހަމަޖެހިއްޖެއެވެ.

"ތޭވީސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޔާސީ ޓިކެޓް ރައީސް ސޯލިހުއަށް އެރުވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ބާއްވާ ޖަލްސާއެއްގައެވެ.

މިގޮތުން އެމްޑީޕީން މިހާރު ވަނީ ކާނިވާ ސަރަހައްދު ހޯދުމަށް މާލޭ ސިޓީ ކައުންސިލްގައި އެދިފައި ކަމަށާއި، ނަމަވެސް ހުއްދަ އަދި ނުލިބޭ ކަމަށްވެސް ތޭވީސްއަށް ވަނީ މައުލޫމާތު ލިބިފައެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް ސޯލިހު ކަށަވަރު ކުރެއްވީ ވާދަވެރި ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދުއާ ވާދަކުރައްވާ 61 އިންސައްތަ ވޯޓުން ކާމިޔާބު ކުރައްވައިގެންނެވެ. އަދި އެމަނިކުފާނުގެ ވާދަވެރި ކެންޑިޑޭޓް ރައީސް ނަޝީދަށް ލިބިވަޑައިގެންނެވީ 39 އިންސައްތަ ވޯޓެވެ.

Leave a Reply

Your email address will not be published. Required fields are marked *