އަމީނީ މަގު ފުރަތަމަ 3 ސެގްމަންޓް: މަސައްކަތް ބާރަށް ކުރިއަށް

svs

އަމީނީ މަގުގެ ފުރަތަމަ ތިން ސެގްމަންޓްގެ މަސައްކަތް ބާރަށް ކުރިޔަށްދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މި މަސައްކަތުގެ ދަށުން މިހާރު ކުރިޔަށްދަނީ ސަބް ގްރޭޑް އެޅުމާއި، އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ކަމަށެވެ.

އެމްޓީސީސީން އަމީނީ މަގުގެ ފުރަތަމަ 3 ސެގްމަންޓްގައި ތާރު އެޅުމާ ހަވާލުވީ އެ މަސައްކަތް ކުރަމުން އަންނަ އާރްޑީސީން ހަވާލު ކުރުމުންނެވެ.

މިގޮތުން އާރްޑީސީން މިއަދު ބުނީ، އަމީނީ މަގުގެ ފުރަތަމަ 3 ސެގްމަންޓްގައި އޭބީސީ ފަށަލަ އެޅުމާއި، ކޮމްޕެކްޓްކޮށް ނިންމާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން އަންނަ ކަމަށައި، އަދި މި މަސައްކަތް ރޭވިފައިވާ ގޮތުން މިއަދު އޭބީސީ ފަށަލައިގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

އަމީނީ މަގުގެ ފުރަތަމަ 3 ސެގްމަންޓްގައި ތާރު އެޅުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން 2،511 އަކަ މީޓަރު ސަރަހައްދުގައި ތާރު އަޅައި، 2،511 އަކަ މީޓަރުގެ ސަބްގްރޭޑް އަޅައި، 2،511 އަކަ މީޓަރުގެ އޭބީސީ އަޅައި އަދި 2،511 އަކަ މީޓަރުގެ ސަރަހައްދުގައި ޕްރައިމް ކޯޓުވެސް އަޅާނެއެވެ.

އެމްޓީސީސީން ބުނީ، އަމީނީ މަގުގައި ފުރަތަމަ ތިން ސެގްމަންޓްގައި ތާރު އަޅައި އަންނަ ބުދަ ދުވަހަށް ނިންމާލެވޭނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *