ނައިބްރައީސް ވޯލްޑް ގަވަރމަންޓް ސަމިޓްގައި ބައިވެރިވެވަޑައިގެންފި

278136_ddc8eb05-e_

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ދުބާއީގައި މަދީނާތު ޖުމެއިރާގައި މިހާރު ކުރިއަށްދާ ނުވަ ވަނަ ވޯލްޑް ގަވަރމަންޓް ސަމިޓްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ސަމިޓް ހޯސްޓް ކޮށްދެއްވާފައިވަނީ ޔޫއޭއީގެ ނައިބު ރައީސް، ޕްރައިމް މިނިސްޓަރ އަދި މިނިސްޓަރ އޮފް ޑިފެންސް އަދި ދުބާއިގެ ރޫލާ ހިޒް ހައިނެސް ޝެއިހް މުހައްމަދު ބިން ރާޝިދު އަލް މަކްތޫމްއެވެ.

"ޝޭޕިންގ ފިއުޗަރ ގަވަރމެންޓްސް" މި ޝިއާރުގެ ދަށުން ބާއްވާ ވޯލްޑް ގަވަރމަންޓް ސަމިޓް 2023 ގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ އެކި ފިކުރުގެ ލީޑަރުންނާއި، ބައިނަލްއަގްވާމީ މާހިރުންނާއި، ނިންމުންތައް ނިންމާ ފަރާތްތައް އެއްތަނަކަށްއެއްވެ، ހިޔާލުބަދަލުކުރައްވައި، މުސްތަގްބަލުގެ ސަރުކާރުތައް ބައްޓަންކުރުމަށް ބޭނުންވާ ވަސީލަތްތަކާއި ސިޔާސަތުތަކާއި، ޒަރޫރީ މޮޑެލްތައް އެކުލަވާލުމުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެއެވެ.

މި އަހަރުގެ ސަމިޓުގެ އެޖެންޑާގައި އިންސާނިއްޔަތަށް ރަނގަޅު މުސްތަޤްބަލެއް ބިނާކުރުމުގެ މައްޗަށް އަމާޒުކޮށް، މައިގަނޑު ހަ މައުޟޫއަކަށް އަލިއަޅުވާލާފައިވެއެވެ. އޭގެ ތެރޭގައި ތަރައްގީ އާއި ހިންގުން ހަލުވިކުރުމާއި، މުޖުތަމަޢުތަކާއި ސިއްހީ ހިދުމަތުގެ މުސްތަޤްބަލް ދެނެގަތުމާއި، އިގްތިސާދީ ރެޒިލިއަންސް އެންޑް ކަނެކްޓިވިޓީ ހިންގުމާއި، ގްލޯބަލް ސިޓީ ޑިޒައިން އެންޑް ސަސްޓެއިނަބިލިޓީ ހިންގުމާއި، އުނގެނުމާއި މަސައްކަތަށް އިސްކަންދިނުން ހިމެނެއެވެ.

މި ސަމިޓަކީ، ގައުމުތަކަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ އެންމެ ރަނގަޅު ކަންތައްތަކާއި އެފަދަ ކަންކަމަށް އެންމެ އެކަށޭނަ އެންމެ ރަނގަޅު ޙައްލުތައް ދައްކާލައި ހިޔާލުބަދަލުކުރުމަށް ހާއްސަ ޕްލެޓްފޯމެއް ލިބިގެންދާ ސަމިޓެކެވެ.

މީގެއިތުރުން މި ސަމިޓުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޕްރަވެޓް އަދި ޕަބްލިކް ސެކްޓަރގެ ލީޑަރުން ދުނިޔޭގައި ތަރައްޤީއާއި ތަނަވަސްކަން ކުރިއެރުވުމުގެ މަޤގްސަދުގައި، ސަރުކާރާއި އާ އީޖާދުތަކުގެ މެދުގައި އުފެދިފައިވާ ހަލަބޮލި ކަންކަމާ މެދު އެންމެން ގުޅިގެން އަދި އުފެއްދުންތެރިކަމާއެކު ވިސްނުމަށް ބާރުއަޅުއްވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *