ދުވާލެއްގެ ތެރޭގައި ރާއްޖެއަށް 8،028 ފަތުރުވެރިން!

large_161709645537hUsI

މިދިޔަ ހޮނިހިރު ދުވަހު ރާއްޖެއަށް 8،028 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ، ރާއްޖޭގެ ބޯޑަރު 2020 ވަނަ އަހަރު ބަންދުކުރިފަހުން ދުވާލެއްގެ މައްޗަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ މިދިޔަ ހޮނިހިރު ދުވަހު ކަމަށާއި، ޖުމްލަ 8،028 ފަތުރުވެރިން އައި ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން މިދިޔަ ހުކުރު ދުވަހު އާންމުކުރި ތަފާސް ހިސާބްތައް ދައްކާ ގޮތުން ރާއްޖެއަށް މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 220،574 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ. އަދި މިއީ މިދިޔަ އަހަރާ ބަލާއިރު 31.1 އިންސައްތައިގެ ކުރިއެރުމެކެވެ.

ރޤާއްޖެއަށް އެންމެ ގިނައިން ރަޝިއާއިން ފަތުރުވެރިން ޒިޔާރަތް ކުރާއިރު، ދެވަނައަށް އެންމެ ގިނައިން ޒިޔާރަތް ކުރަނީ އިންޑިއާ ފަތުރުވެރިންނެވެ. އަދިު ތިންވަނައަށް އެންމެ ގިނައިން ރާއްޖެއަށް ޒިޔާރަތް ކުރަނީ އިޓަލީ ފަތުރުވެރިންނެވެ.

ސަރުކާރުން މިދިޔަ އަހަރު ރާއްޖެއިން 1.6 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލް ކޮށްފައިވާއިރު، މި އަހަރު ކަނޑަ އަޅާފައި ވަނީ 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *