ފެލިވަރު އައު ބަނދަރު އެޕްރީލްއަށް ނިމޭނެ: އެމްޓީސީސީ

ސފއ

ޅ.ފެލިވަރު އައު ބަނދަރުގެ މަސައްކަތް އަންނަ އެޕްރީލް މަހު ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، ފެލިވަރުގައި ތަރައްގީކުރާ ބަނދަރުގެ މަޝްރޫއުގެ މަސައްކަތް އަންނަ އެޕްރިލްގެ ނިޔަލަށް ނިންމާ މިފްކޯއާ ހަވާލު ކުރުމަށް ބާރު ސްޕީޑްގައި މަސައްކަތް ކުރިޔަށްދާ ކަމަށެވެ.

އެމްޓީސީސީން އަންނަނީ ފެލިވަރުގައި ތިން ބަނދަރެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ރާއްޖެއިން ބޭރަށް މަސް ބޭރު ކުރާ ޖެޓި އަކާއި، މަސް ކިރާ ޖެޓީއެއްގެ އިތުރުން ލޯކަލް ޖެޓީއެކެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގައި މުހިންމު ދައުރެއް އަދާކުރާ ފެލިވަރު ތަރައްޤީކުރުމަށް ސަރުކާރުން ހިންގާ މި ބިޔަ މަޝްރޫއާއެކު ރާއްޖޭގެ އިގްތިސާދަށްވެސް އޭގެ ހެޔޮ އަސަރު ކުރާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން 6 ހެކްޓަރުގެ ބިން ހިއްކައި، 229،663 ކިއުބިކް މީޓަރު ސަރަހައްދުގައި ބަނދަރު ފުންކޮށް، 220 މީޓަރު ސަރަހައްދުގައި އެއްގަމު ތޮށިލައި، 148 މީޓަރު ސަރަހައްދުގައި ބޭރު ތޮށިލުމުގެ އިތުރުން 270 މީޓަރު ސަރަހައްދުގައި ރިވެޓްމަންޓް ޖަހާނެ ކަމަށެވެ.

މި މަޝްރޫއަށް 129.88 ؛މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *