ޝަންގްރިއްލާ މި އަހަރު ހުޅުވޭނެ: ޓޫރިޒަމް މިނިސްޓަރު

pqOskLkgbOTP2iVsSplZBN8rbJdBx2g9bvBqg9Cq

އައްޑޫ ސިޓީގައި ތަރައްގީ ކުރަމުން އަންނަ ޝަންގްރިއްލާ ރިސޯޓް މި އަހަރު ހުޅުވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގައި ޑރ.މައުސޫމް ވިދާޅުވީ، ޝަންގްރިއްލާ ރިސޯޓް ހުޅުވޭނެ ކަމަށް ފާއިތުވި ދެ އަހަރުވެސް އުންމީދު ކުރެވުނު ކަމަށައި، ނަމަވެސް މި އަހަރު އެތަން ހުޅުވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

ޑރ.މައުސޫމް ވިދާޅުވީ، ޝަންގްރިއްލާގެ މައްސަލަ ހައްލުކުރަން ވަރަށް ބައިވަރު މަސައްކަތް ކުރެވިފައިވާ ކަމަށައި، މިގޮތުން ކުލި ކުޑަކޮށް ސަރުކާރުގެ ހިއްސާ ދޫކޮށްލަންވެސް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

މިގޮތުން ހިއްސާ ދޫކޮށްލުމުގެ މަޝްވަރާތައް ނިމި، ގޮތްތަކެއް ކަނޑައެޅުނުހާ އަވަހަށް ރިސޯޓް ހުޅުވިގެންދާނެ ކަމަށް ޑރ.މައުސޫމް ވަނީ ވިދާޅުވެފައެވެ.

އައްޑޫ ސިޓީގައި ތަރައްގީ ކުރާ ހަންކެޑެ ރިސޯޓާ ގުޅޭ ގޮތުން ޑރ.މައުސޫމް ވިދާޅުވީ، އެ ރިސޯޓަށް ބޭނުންވާ ފައިނޭންސް ހޯދުމަށް މިހާރު އިއުލާން ކޮށްފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *