ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓެރީ، ކޮމިއުނިކޭޝަންސްގެ މަގާމަށް ސ. ހިތަދޫ، ނަންރީތިގެ، މުހައްމަދު ހިސާން އަލީ ފަހްމީ (ހިސްކޮ) އައްޔަންކުރައްވައިފިއެވެ.
މުހައްމަދު ހިސާން ޢަލީ ފަހްމީ މި މަގާމަށް އައްޔަންކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީގެ މަގާމުން އެބޭފުޅާ މިއަދު ވަކިކުރެއްވުމަށްފަހުގައެވެ.
ހިސާން އަކީ މެލޭޝިޔާގެ ސަންވޭ ކޮލެޖްއިން 2016 ވަނަ އަހަރު ބެޗެލަރސް އޮފް ބިޒްނަސް އިންޓަރނޭޝަނަލް ޓްރޭޑް އެންޑް މާކެޓިންގް ހާސިލްކުރައްވައިފައިވާ ބޭފުޅެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮމިއުނިކޭޝަންސް އޮފީސް ހިންގެވުމުގެ ޒިންމާތަކާއި، ކޮމިއުނިކޭޝަންސް އޮފީހުގެ އެންމެހައި މަސައްކަތްތައް ބަލަހައްޓަވައި، ވިލަރެސްކުރައްވާނީ މުހައްމަދު ހިސާން ޢަލީ ފަހްމީގެ ބެއްލެވުމުގެ ދަށުންނެވެ.
Post Views: 75