އަމީނީ މަގުގެ ފުރަތަމަ 3 ސެގްމަންޓްގައި ތާރު އަޅައިފި

207BA455-EDBB-4287-A089-C1B0290EC491-q26t49xcpcucflowz9bpf07k49uqkjhzpmxgq8h310

އަމީނީ މަގުގެ ފުރަތަމަ ތިން ސެގްމަންޓްގައި ތާރު އަޅައި އެމްޓީސީސީން ނިންމައިފިއެވެ.

އާރްޑީސީން ކުރިޔަށް ގެންދާ އަމީނީ މަގުގެ މަސަތްކަތުގެ ފުރަތަމަ ތިން ސެގްމަންޓްގައި ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، ތާރު އެޅުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތަކަށްފަހު، އެއް ރެއިން އެމްޓީސީސީން ވަނީ ތާރު އަޅައި ނިންމާފައެވެ.

އަމީނީ މަގުގެ ފުރަތަމަ 3 ސެގްމަންޓްގައި ތާރު އެޅުމުގެ މަޝްރޫއުގެ ދަށުން އެމްޓީސީސީން ވަނީ 2،511 އަކަ މީޓަރު ސަރަހައްދުގައި ތާރު އަޅައި، 2،511 އަކަ މީޓަރުގެ ސަބްގްރޭޑް އަޅައި، 2،511 އަކަ މީޓަރުގެ އޭބީސީ އަޅައި އަދި 2،511 އަކަ މީޓަރުގެ ސަރަހައްދުގައި ޕްރައިމް ކޯޓުވެސް އަޅައިފައެވެ.

އަމީނީ މަގުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިޔަށްދާން ފަށާފައިވާއިރު، މި މަސައްކަތް އަންނަ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *