ސަރުކާރުގެ އައު އޮފީސް އިމާރާތް ރައީސް ހުޅުވައިދެއްވައިފި

278362_19ef13b2-0_

ހުޅުމާލޭގައި މި ސަރުކާރުން ތަރައްގީކުރި ސަރުކާރުގެ އައު އޮފީސް އިމާރާތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުވައިދެއްވައިފިއެވެ.

މި އޮފީހަށް ނަން ދީފައިވަނީ 50 އަހަރު ގައުމަށް ހިދުމަތް ކޮށްދީފައިވާ އަލްމަރްޙޫމް ނ.އ.އ.ވ އުމަރު ޒާހިރުގެ ނަންފުޅުންނެވެ.

މި އޮފީސް އިމާރާތުގައި ހަ ފަންގިފިލާ ހުންނައިރު، އޮފީހުގެ އިމާރާތުގެ ގްރައުންޑް ފްލޯރ އަދި ފުރަތަމަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ޕާކިންގް ބޭނުމަށެވެ. އަދި އިމާރާތްތައް ބަދަލުކުރާ އޮފީސްތައް ހިންގާނީ ދެވަނަ ފަންގިފިލާއިން ފެށިގެން ފަސް ވަނަ ފަންގި ފިލާއާ ހިސާބަށެވެ.

މީގެއިތުރުން އެންމެ މަތި ހަ ވަނަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ މީޓިންގް ރޫމްތަކާއި، ސެމިނާ ރޫމްތަކުގެ އިތުރުން އިވެންޓްތަކަށްކަން ފާހަގަކުރެވެއެވެ.

މި އޮފީސް އިމާރާތުގައި ހަތް ލިފްޓާއެކު ޒަމާނީ ވަސީލަތްތައް ވަނީ ގާއިމްކޮށްފައިވާއިރު، އިމާރާތުގެ ލޮބީގައި ވަނީ ކޮންމެ ވުޒާރާއަކަށް ހާއްސަކޮށްގެން ރިސެޕްޝަންތައް ހަދާފައެވެ

މި އިމާރާތުން އަންނަ ހަފްތާއިން ފެށިގެން ހިދުމަތް ދިނުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *