ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނީ އެއްބުރުން: ރައީސް ސޯލިހު

fwsf

ކުރިޔަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކޮށްދެއްވާނީ އެއްބުރުން ކަމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކާނިވަލުގައި އެމްޑީޕީގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ކުރިޔަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނީ އެއް ބުރުން ކަމަށައި، އެކަން ހާސިލްކުރަން ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ، ހިޔާލުތަފާތުވުން ހުރި ނަމަވެސް އެ ހިޔާލުތަފާތުވުންތައް އެއްކައިރީގައި ބަހައްޓައި ކުރިއަށްދާން ޖެހޭ ކަމަށާއި، މިއީ އެންމެން އެއްވާން ވަރަށް މުހިންމު ވަގުތެއް ކަމަށެވެ.

މީގެއިތުރުން ފާއިތުވި ފަސް އަހަރު ތެރޭގައި ދިމާވި ގޮންޖެހުންތަކާއެކު، ސާބިތުކަމާއެކު ތިއްބެވި އެންމެންނަށް ޝުކުރު އަދާކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް މެނިފެސްޓޯ ތައްޔާރު ކުރާނީ ރައްޔިތުންނާ މަޝްވަރާކޮށް ހިޔާލު ހޯއްދެވުމަށްފަހު ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *